އައްޑޫ ސިޓީގެ ހުޅުދޫ ޑަކް ޕާކުގައި އުޅޭ މަހާއި ދޫނިތައް މަރުވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކަމަށެވެ.
އައްޑޫ ޑަކް ޕާކަކީ ހުޅުދޫ ރައްޔިތުންނާއި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން މީގެ ދެ އަހަރެއްހާ ދުވަސްކުރިން ހެދި ޕާކެކެވެ. އެ ޕާކުގައި އަސްދޫންޏާއި އެކި ބާވަތުގެ ދޫނިތައް ދިރިއުޅެއެވެ. އަދި އެ ޕާކުގެ ފެންގަނޑުގައި އެކި ބާވަތުގެ މަސްމަހާމެހި އުޅެއެވެ.
ނަމަވެސް މިފަހުން އެ ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް ވަނީ މަރުވެފައެވެ.
ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މީހަކު ކުރި ޕޯސްޓެއްގައި ބުނީ މަސްތަކާއި ދޫނިތައް ގަސްދުގައި މަރާލާފައިވާ ކަމަށާއި މަރާލާފައިވަނީ ވިހައެއް ދީގެން ކަމަށެވެ.
ޑަކް ޕާކުގެ ދިރުންތައް މަރުވި މައްސަލައިގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް