ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީ އަމިއްލައަށް ޖިންސީ އެދުން ފުއްދި މައްސަލައިގައި މިސްކިތަކަށް ބޮޑުކަމުދިއުމުން މީގެ ކުރިން ހައްޔަރުކުރި ނައުޝާދު މޫސާ 32އ ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާއަކީ، ފުރުގާން މިސްކިތުގައި ލުހާ ނަމާދަށް ހުރި އަންހެނެއްގެ ކުރިމައްޗަށް ނައުޝާދު އަރައި ބަރަހަނާވެ، އަމިއްލަ އެދުން ފުއްދި މައްސަލައެވެ.

ފުލުހުން މިއަދ ބުނީ، އެ މައްސަލަ އެ އަންހެން މީހާގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

"މި މައްސަލާގައި އެ ފަރާތުން ދިން މައުލޫމާތާ ގުޅިގެން ނައުޝާދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި." ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެފަރާތް އެފަދަ ކަމެއް ތަކުރާރުކޮށް ކުރިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.