ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި އެ މީހުންނަށް ބިރު ދައްކައި އަނިޔާކުރި މީހަކު 20 ދުވަހަށް ބަންދު ކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މާރާމާރީ ހިންގުމާއި ބިރުދެއްކުން އަދި ޖިނާއީ މަޖުބޫރުކުރުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ގއ. މާމެންދޫ، އިފްހާމް އަހުމަދު، 19، އެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 20 ދުވަސް ދީފައި ވަނީ އެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީއެވެ.
ކުރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި ހެކިންގެ ބަޔާންތަކާއި އަނިޔާ ލިބުނު ފަރާތްތަކުގެ މެޑިކޯ ލީގަލް ރިޕޯޓާއި އެ މީހުންނަށް ލިބުނު އަނިޔާތައް ފެންނަ ފޮޓޯ ރިޕޯޓާއި ސީސީޓީވީ ފޫޓޭޖުތަކުގެ ސްނެޕް ޝޮޓްތަކެއް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާ ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހެހެއްޓިއެވެ. އަދި އަނިޔާ ލިބުނު ފަރާތްތަކުގެ ފޯނު ނުދީފި ނަމަ، ބިއްލޫރިފުޅިއަކުން ޖަހާނެ ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ.
ކެފޭ ތެރޭގައި ތިން ގަޑިއެއްހާއިރު ވަންދެން މީހުން ހިފަހައްޓައިގެން ހުރި އިރު، އަނިޔާ ލިބުނު ފަރާތުގެ ގަދަރާއި އަބުރަށް އުނިކަން އަންނާނެ ގޮތަށް މީހުންގެ ކުރިމަތީގައި ފޯނުން ވީޑިއޯކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް