އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ބޭނުންކޮށްގެން މާއްދާތައް ކިޔަބައިދޭން މުދައްރިސުން ތަމްރީނުކުރުމަށްޓަކައި އަންނަ އަހަރު ބޮޑު ކެމްޕެއިނެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ކްރޮސްރޯޑް މޯލްޑިވްސްގައި މިއަދު ހެނދުނު ބޭއްވި ޕްރިންސިޕަލުންގެ ކޮންފްރެންސް 2025 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރޯދަމަހުގައި ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެކަށީގެންވާ މުއްދަތު ހިމަނާފައިވާނެ ކަމަށެވެ.
"ގަސްތުކުރަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި އެކަމުގެ ފަންނީ ގާބިލުކަން މަތިކުރުމަށްޓަކައި ދޭންޖެހޭ ޓްރޭނިން މި މުއްދަތުގެ ތެރޭގައި ދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.
ދިރިއުޅުމާ ދޭތެރޭގައި ވިސްނާ، ގައުމާއި ދުނިޔެއާއި ދޭތެތޭގައި ވިސްނާ، އުފެއްދުންތެރި ވިސްނުންތެރި ކުދިން އުފެއްދޭނީ، ކިއުރިއަސް މައިންޑްތަކެއް ސްކޫލު ދައުރުގައި އުފެއްދިގެން ކަމަށް ޝަފީއު ވިދާޅުވީއެވެ.
"ކިއުރިއަސް މައިންޑްތަކެއް އެބަޖެހޭ ހަގީގަތުގައިވެސް އުފައްދަން. ކަރިކިއުލަމްއަށް ބަދަލުތަކެއް އެބަގެންނަންޖެހޭ. ކަރިކިއުލަމްއަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އޭގެ މެޕިންގެ މަސައްކަތްތައް މިހާރު ވާނީ ނިމިފައި. މި ފެށޭ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކޮންޓެންޓް ރިވިއުގެ ބޮޑު މަސައްކަތްތަކެއް ކުރިއަށްގެންދާނަން،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރު ޝަފީއު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ދެން އެންމެ އިސްކަމެއްްދޭ އެއްކަމަކީ ތައުލީމީ ނިޒާމުގެ ތެރެއިން އެއްވެސް ކުއްޖެއް ބާކީ ނުކުރުން ކަމަށެވެ.
ފާތިމަތު ލިއުޝާ
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު