ބާރަ އަހަރުގެ މެދުކެނޑުމަކަށްފަހު އަލްޖީރިއާއިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގައި ކުޅުމަށް ތައްޔާރުވެއްޖެއެވެ.
އަލްޖީރިއާ އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ޔަގީންކުރީ ސޯމާލިއާ ކައިރިން ރަށުން ބޭރުގައި 3-0 އިން މޮޅުވެގެންނެވެ. ރޭގެ ނަތީޖާއާއެކު އެފްރިކާގެ ކޮލިފިކޭޝަން ގްރޫޕް ޖީގެ އެއްވަނަ، އަލްޖީރިއާއިން ޔަގީންކުރީ ނުވަ މެޗުން 22 ޕޮއިންޓާއެކުގައެވެ. އެޓީމުން މިހާތަނަށް ކުޅުނު ކޮލިފިކޭޝަން ނުވަ މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ.
އަލްޖީރިއާއިން ތައްޔާރުވަމުން ދަނީ އެގައުމުގެ ތާރީހުގައި ފަސްވަނަ ވޯލްޑް ކަޕަށެވެ. އެހެން ނަމަވެސް މިއީ މެދުކެނޑުމަކަށްފަހު އެޓީމަށް ލިބުނު ފުރުސަތެކެވެ. އެންމެފަހުން އަލްޖީރިއާ ވޯލްޑް ކަޕްގައި ކުޅެފައި ވަނީ 2014 ވަނަ އަހަރުއެވެ. އެއީ ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގައެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި އަލްޖީރިއާގެ މުހައްމަދު އަމައުރާ އެޓީމަށް ލީޑު ނަގައިދިން އިރު، ރިޔާދް މަހްރޭޒް ވަނީ އިރުކޮޅެއްފަހުން ލީޑު ފުޅާކޮށްދީފައެވެ. ދެވަނަ ހާފުގައި އަލްޖީރިއާގެ ތިންވަނަ ގޯލްވެސް ޖެހީ އަމައުރާއެވެ.
ރޭގެ މެޗަށްފަހު އަލްޖީރިއާގެ އެންމެ މުހިއްމު ކުޅުންތެރިޔާ މަހްރޭޒް ބުނީ ވޯލްޑް ކަޕް ވެގެންދާނީ ގައުމީ ޓީމާއެކު ކުޅޭ ފަހު މުބާރާތަށް ކަމަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026