ބ. ހިތާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 91 ޕަސެންޓު މަސައްކަތް ނިންމައިފިއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ހިތާދޫ ބަނދަރު ތަރައްގީގެ މަސައްކަތުގެ ދަށުން ބޭރުތޮށި ލުމާއި އެއްގަމު ތޮށި ފަރާތުގެ ޑިޒައިންގެ މަސައްކަތުގެ އިތުރުން ޗެނަލް ޑްރެޖިން އާއި މޫރިން ބޯއި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

ހިތާދޫ ބަނދަރު ބްރޭކްވޯޓާ އެންޑް ކުއޭވޯލް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޖުމުލަ 25.3 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން ރިވެޓްމަންޓް ޖެހުމާއި ބްރޭކްވޯޓާ ހެދުމާއި ގްރޮއިން ހެދުމާއި ރޭމްޕަކާއި ބްރިޖެއް ހެދުން ހިމެނެއެވެ.

9 އޮކްޓޯބަރު 2025: ބ. ހިތާދޫ ބަނދަރު ތަރައްގީގެ މަޝްރޫއު --- ފޮޓޯ/އެމްޓީސީސީ

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 595.7 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ހިލަ ޖެހުން.
  • 335.88 މީޓަރު ކުއޭ ވޯލްގެ މަސައްކަތާއި ޕްރީކާސްޓް އެލް ބްލޮކްގެ މަސައްކަތް.
  • 27435 ކިއުބިކް މީޓަރު ޑްރެޖިންގެ މަސައްކަތް.
  • 1729.4 އަކަ މީޓަރު ހާބަރު ޕޭވިން މަސައްކަތް.
  • 75 މީޓަރު ޖެޓީއެއް.
  • 22 މީޓަރު ބްރިޖްގެ މަސައްކަތް.