ވަތަނީ ހިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗުގެ 77 ބައިވެރިން ބ. ކިހާދުއަށް ހުންނަ އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކަށް މިއަދު ފުރައިފިއެވެ.
އެކަން އިއުލާނުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ތަމްރީނެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ދެވަނަ ބެޗުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 77 ޒުވާނުން މިއަދު ކިހާދުއަށް ފުރާފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ތަމްރީނުގައި ތަފާތު ހަ ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ބައިވެރިންނަށް ލިބޭނެ ކަމަށެވެ.
ވަތަނީ ހިދުމަތު ފުރަތަމަ ބެޗުގެ 62 ބައިވެރިޔަކު ވަނީ މިދިޔަ މޭ މަހު ދަސްވެނިވެފައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު