އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު އަލުން ބަންދުކުރަން ޖެހޭ ވަރުގެ ނުރައްކަލެއް އޮތްތޯ ބަލަން ހަދަން އެންގި ރިސްކް އެސެސްމަންޓް ދައުލަތުން ނުހަދައި އޮތުމުން އެކަމަށް ދެ ވަނަ ފުރުސަތު ދީފިއެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ ފުރަތަމަ ބަންދުން ނޮވެމްބަރު 2023ގައި ދޫކޮށްލާފައި ވާއިރު އޭގެ ފަހުން މިހާތަނަށް ދެ ފަހަރެއްގެ މަތީން ބަންދުން ދޫކޮށްލުން ގޯސްކަމަށް ނިންމައި، އަލުން ބަންދާ މެދު ގޮތެއް ކަނޑައަޅަން ހައި ކޯޓުން ވަނީ އަންގައިފައެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ، ލަމްހާގެ ބަންދާމެދު ގޮތެއް ކަނޑައެޅޭނީ ރިސްކް އެސެސްމަންޓަށް ބެލުމަށް ފަހުގައި ކަމަށެވެ.
ގާޒީ ފާއިޒް ވަނީ އެ އެސެސްމަންޓް ހަދަން ދެ ފަހަރަށް އެންގި ނަމަވެސް ދައުލަތުން އެ ފަދަ އެސެސްމެންޓެއް މިހާތަނަށް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި އެ އެސެސްމަންޓް ހަދާފައި ނުވަނީ ބަންދުކޮށްދޭން އެދޭ ހާލަތުގައި އެފަދަ އެެސެސްމަންޓެއް ހެދުމަށް ވަކި އިންތިޒާމުތަކެއް ނުވަތަ އުސޫލުތަކެއް ހަމަޖެހިފައި ނެތުމުން ކަމަށެވެ.
އަޑުއެހުމުގައި ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ އެސެސްމަންޓް ދައުލަތުން ނުހަދައި އޮތީ ލަމްހާގެ ފުށުން ނުރައްކާ އޮތް ކަމަށް ދައުލަތަށްވެސް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
އަލީ ޔާމިން
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު