އދ. މަންދޫ ސްކޫލު އިމާރާތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މަންދޫ ސްކޫލު އިމާރާތުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި މިއަދު އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ މަޝްރޫއުގެ މަސައްކަތު އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 16.95 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

އެ މަޝްރޫގެ މަސައްކަތުގެ ތެރޭގައި ތިން ބުރީގެ އިމާރާތެއް އިމާރާތްކުރުމާއި، ހަ ކްލާސްރޫމުގެ އިތުރުން މަލްޓިޕާޕަސް ހޯލެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.