އދ. މަންދޫ ސިއްހީ މަރުކަޒު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މަންދޫ ސިއްހީ މަރުކަޒުގެ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީގެ އިތުރުން މަންދޫ ކައުންސިލު މެންބަރުންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 28.61 މިލިއަން ރުފިޔާއަށް 390 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 16 އެނދުގެ އިމާރާތެއް ކުރުން.
  • ޓްރައިއޭޖް ސަރަހައްދަކާއި ބަލިމީހުން އެކަހެރިކުރާ ކޮޓަރިއެއް ހެދުން.
  • އަންހެނުންގެ ވޯޑަކާއި ކުޑަކުދީންގެ ވޯޑެއް ހެދުން.
  • ވިއްސާ ކޮޓަރިއަކާއި ޕްރިވެޓް ކޮޓަރިއާއި އަދި ފަރުވާދޭ ކޮޓަރި ހެދުން.