ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

އަހްމަދު އިމްތިޔާޒު ޒުކާ ކިޔާ މީހަކަށް ކުރިމިނަލް ކޯޓުން މި ހުކުމް ކުރީ، އާއިލާ ކުއްޖަކާ މެދު ޖިންސީ އަމަލެއް ހިނގައިގެން ކަމަށް ހުކުމްގައިވެއެވެ.

ނަމަވެސް އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ގޯސްކޮށް ކަމަށް ބުނެ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގައި އޭނާ އެދުނީ އެއީ ގާނޫނާ ހިލާފު ހުކުމެއް ކަމަށް ކަނޑައަޅައި އެ ހުކުމް ބާތިލްކޮށްދިނުމަށެވެ.

ނަަމަވެސް އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި، ހުށަހެޅުންތަކަށް ބެލުމަށްފަހު، ހައިކޯޓުން އިއްޔެ ހުކުމް ކުރީ ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ.