އދ. ކުނބުރުދޫ ސްކޫލު އިމާރާތުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ސްކޫލު އިމާރާތުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ މަޝްރޫއުގެ މަސައްކަތު އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަހުމަދު ސައުދީއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 22.63 މިލިޔަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމާ ގޮތަށެވެ.
އެ މަޝްރޫގެ މަސައްކަތުގެ ތެރޭގައި 9500 އަކަފޫޓުގެ ސަރަހައްދެއްގައި ތިން ފްލޯގެ އިމާރާތެއް ބިނާ ކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ