މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު (21އ)، ވެއްޓުނު މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ބަލައި، އިހުމާލް ވެފައިވާ ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމުގެ ތަހުގީގެއް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަލީ އިހުސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު މިނިސްޓަރާ ސުވާލު ކުރައްވާފައިވަނީ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުއްވި ރިޕޯޓުގައ،ި ފުލުހުންގެ އިހުމާލުތަކެއް ހުރިކަމަށް ފާހަގަކޮށް އެކަންކަމަށް ފިޔަވަ ޅުއަޅަން ލަފާދެއްވާފައިވާ އިރު އެކަމާ ގުޅިގެން ފުލުހުންގެ އެއްވެސް ފަރާތަކާ މެދު ފިޔަވަޅެއް އަޅާފައިވޭތޯ އާއި، ފިޔަވަޅެއް އަޅާފައިވާނަމަ އެޅި ފިޔަވަޅަކީ ކޮބައިތޯއެވެ.
މި ސުވާލަށް ލިމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ޔުމްނު ވެއްޓިފައި އޮތް ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން، ހިނގައިދިޔަ ކަންތައްތަކުގައި ވަކިވަކި ފުލުހުން އިހުމާލު ވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ފުުހުންގެ ޕްރޮފެޝަނަލް ސްޓޭންޑެޑް ކޮމާންޑްސްގެ ފަރާތުން ތަހުގީގު ފަށާފައިވާ ކަމަށެވެ.
އެ ތަހުގީގުގެ ދަށުން ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެތަހުގީގު ވީ އެންމެ އަވަހަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރުގެ ޕްރޮސީޖާ ރިވިއުކޮށް، އެސްއޯޕީއަށް މުވައްޒަފުން އަހުލުވެރި ކުރެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައީސް އުފެއްދެވި ރިހާސީ ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޒުުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ފަރުވާކުޑަކޮށް ކަމަށާއި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވަނީ ބުނެފައެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް