ނުރައްކާތެރިކޮށް، ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތައް ކުރާ ޖޫރިމަނާގެ އަދަދު ބޮޑުކުރަން، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެެރެއިން 60 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ނުރައްކާތެރިކޮށް، ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އެއްގަމު އުލަނދު ދުއްވުމަކީ މަނާކަމެއްކަމަށް ގާނޫނުގައި ކަނޑައަޅާފައިވީނަމަވެސް އެ ދުއްވުންތަަކަކީ ކޮބައިކަން ބަޔާންކޮށްފައެއް ނުވެއެވެ.
މި ބިލުގައި އެގޮތަށް ދުއްވުމަކީ ކޮބައިކަން ވަނީ ބަޔާންކޮށްފައެެވެ.
އެގޮތަށް ދުއްވުން ކަމުގައި ބެލެވޭނީ:
- ލައިސަންސްނެތި ދުއްވުން
- އެއްކޮޅަށް ދުއްވަން ކަނޑައަޅާފައިވާ މަގުތަކުގައި އިދިކޮޅަށް ދުއްވުން
- އެހެން މީހެއްގެ ރައްކާތެރިކަމަށް ފަރުވާލެއްނެތް ގޮތަށް ނުރައްކާތެރިކޮށް އޯވާ އެޓޭކްކުރުން
- ޓްރެފިކް ބާރު ބޮޑު ސަރަހައްދުތަކުގައި، އެހެން މީހެއްގެ ރައްކާތެރިކަމަށް ފަރުވާލެއްނެތްގޮތަށް ޔޫޓާން ނެގުން
ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވާފައިވަނީ އެ އުޅަނދުގެ ވެރިފަރާތް ކަމަށްނުވާ ހާލަތުގައާއި އެ އުޅަނދު ދުއްވި ފަރާތުން އުޅަނދު ބޭނުންކޮށްފައިވަނީ، ވެރިފަރާތުގެ ރުނުން ލިބިގެންކަމަށްވާނަމަ، ވެރިފަރާތުގެ ލައިސަންސް ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުުމަށްވެސް ވަނީ ހިމަނައިފައެވެ.
އަދި 18 އަހަރު ނުފުރޭ ކުއްޖެއް ނުވަތަ 18 އަހަރުންމަތީގެ މީހަކުވިޔަސް ލައިސަންސް އޮވެގެން ދުއްވަންޖެހޭ އުޅަނދެއް ލައިސަން ނުނަގާ ދުއްވައިފިނަމަ، މިހާރު 1،000 ޖޫރިމަނާކުރަން އޮތް އަދަބު، 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެެދުގެ އަދަދަކުން ޖޫރިނަމާ ކުރަން ވަނީ ހިމަނައިފައެވެ.
މީގެ އިތުރުުން އިމަޖެންސީ ބަރުގޮނު އަޅަމުންދާ އުޅަނދަކަށް ޖާގަ ނުދީ ދުއްވައިފިނަމަ، ނުވަތަ އެފަދަ އުޅަނދަކަށް ހުރަސް އަޅައިފިނަމަ އެކަންކުރި ފަރާތެއް 25،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
މި ބިލު ދިރާސާކުރުމަށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ފޮޮނުވައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަކުރި ކުށަކަށް އެހެންމީހަކަށް އަދަބު ލިބުން އެއީ ދުނިޔޭގެ ގާނޫނު ދަންނަ ކަމެއްނޫން ގައިމުވެސް އެންމެން އެއްވިއަސް މަށެއް އެކަމަކަށް ތާއީދެއް ނުކުރާނަން
އައްޓަމަސް - 8 މަސް ކުރިން