އދ. ދިގުރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީން ދިގުރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ދިގުރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އެ މަޝްރޫއު ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓުގެ މިނިސްޓަރުންނާއި ރައްޔިތުން މަޖިލިހުގެ މެންބަރުންނާއި އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީގެ އިތުރުން ދިގުރަށު ކައުންސިލުު މެންބަރުން އަދި ސަރުކާރު އިދާރާތަކުުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި 420 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި 127 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި އަދި 15 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްތައް ކުރުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުންޏެެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 12.86 މިލިޔަން ރުފިޔާއަށް 150 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ.