އދ. ދިގުރަށުގެ ގުދުރަތީ ރީތި ބީޗަކީ ދުނިޔޭގެ އެންމެ އަގުބޮޑު ބީޗުތަކުގެ ލިސްޓުގެ އަށްވަނަ ކަމަށް ބައިނަލްއަގުވާމީ ދިރާސާއަކުން ދައްކައިފިއެވެ۔
މި ދިރާސާ ތައްޔާރުކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ "ސީވީ ވިލާސް" އިންނެވެ. މި ދިރާސާގައި ދިގުރަށުގެ ބީޗުގެ އަންދާޒީ އަގު ގާތްގަނޑަކަށް 162.7 މިލިއަން ޔޫރޯ (2.9 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި ދިރާސާއަކީ ދުނިޔޭގެ މަޝްހޫރު ބީޗުތަކުގެ ގުދުރަތީ ވަސީލަތްތަކާއި ވެލިގަނޑުގެ ސަރަހައްދަށް ބަލައިގެން ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ. މިއީ އަމިއްލަ ފަރާތްތަކަށް ބީޗު ވިއްކުމަށް ކަނޑައަޅާފައިވާ އަގެއް ނޫން ނަމަވެސް، މިއީ އެ ބީޗެއްގެ ގުދުރަތީ އަގާއި އެތަނުގެ މުހިންމުކަން ވަޒަންކުރުމުގެ ގޮތުން ކޮށްފައިވާ އަންދާޒާއެކެވެ.
ދިގުރަށަކީ ދިގު ސާފު ރީތި ވެލިގަނޑަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު ގިނަ ދިރުންތައް އެކުލެވޭ ރަށެކެވެ. އަދި މިއީ ދުނިޔޭގެ އެންމެ އަގުބޮޑު 15 ބީޗުގެ ތެރޭގައި ހިމެނުނު ރާއްޖޭގެ އެކަނި ބީޗެވެ.
"ސީވީ ވިލާސް"ގެ ދިރާސާގައި ލިސްޓުގެ ކުރީގައިވާ ބީޗުތައް:
- ސިއެސްޓާ ބީޗް (ފްލޮރިޑާ، އެމެރިކާ) - އަންދާޒީ އަގު: 1.08 ބިލިއަން ޔޫރޯ
- ޕެމްޕެލޯން ބީޗް (ފްރާންސް) - އަންދާޒީ އަގު: 843 މިލިއަން ޔޫރޯ
- ޕްރާޔާ ދާ ފަލޭސިއާ (ޕޯޗުގަލް) - އަންދާޒީ އަގު: 573.2 މިލިއަން ޔޫރޯ
- ގްރޭސް ބޭ (ޓާކްސް އެންޑް ކެއިކޯސް) - އަންދާޒީ އަގު: 376.4 މިލިއަން ޔޫރޯ
- ބޮންޑާއި ބީޗް (ސިޑްނީ، އޮސްޓްރޭލިއާ) - އަންދާޒީ އަގު: 365 މިލިއަން ޔޫރޯ
ެއދ. ދިގުރަށް
ެއދ. ދިގުރަށް
ެއދ. ދިގުރަށް
ކޮމެންޓް