ފުވައްމުލަކު ސިޓީ އެއާޕޯޓުގެ ފެންސް މަތިން އަރަން އުޅުމުން ހުއްޓުވި ސެކިއުރިޓީ މުވައްޒަފަކަށް ހަމަލާދިން މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ފުވައްމުލަކު އެއާޕޯޓު ފެންސް މަތިން އަރަން އުޅުނު ބަޔަކު ހުއްޓުވި އެއާޕޯޓު ސެކިއުރިޓީ މުވައްޒަފަކަށް ހަމަލާދީ، މާރާމާރީ ހިންގި މައްސަލައެއް މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ފަތިހު 4:05 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ފުވައްމުލަކު ހޯދަޑު، ގުލްކޯޒުގެ، ހަސަން ހުމާމް މުހައްމަދު (28އ) ފުވައްމުލަކު ހޯދަޑު، ޒަމްހަރީރުގެ، އިބްރާހިމް ސިމަން އަހުމަދު (20އ) އަދި ފުވައްމުލަކު ފުނާޑު، ޝުހާނާ، ބައްސާމް ސައީދު (29އ) އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ