"ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި މުޒާހަރާއިން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
އެމްޑީޕީން ބުނީ ރޭގެ މުޒާހަރާއިން ފުލުހުން އަށް މީހުން ހައްޔަރު ކުރި ކަމަށެެވެ.
ނަމަވެސް އޭގެ ތެެރޭގައ ހިމެނޭ މުހައްމަދު ހަލަފް އިބްރާހިމް ދޫކޮށްލާފައިވާ ކަމަށާއި ހުސެއިން ޒަރީރު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދޫކޮށްލާނެ ކަމަށްވެސް ބުނެފައިވެއެވެ.
ފަނަރަ ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން އަމުރުކުރި މީހުން:
- ޔައުގޫބު އަބްދުﷲ، ކުރީގެ މަޖިލިސް މެންބަރު
- ޔާސިރު އަބްދުﷲ، ކުރީގެ މަޖިލިސް މެންބަރު
- ހަސަން ސޮލާހް، މާފުށީ ކައުންސިލްގެ ރައީސް
- އަޒީމް އަލީ
- ހަސަން ޝާހިރު
އިބްރާހިމް ޒަކީ
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު