"ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި މާދަމާ ރޭ އިދިކޮޅު އެމްޑީޕީން ބާއްވާ އެއްވުމުގައި ބައިވެރިވުމަކީ، ކޮރަޕްޝަން ދިފާއުކުރުން ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ފެނަކައިގެ ހިޔާނާތަކީ އެމްޑީޕީ ސަރުކާރުން ހިންގި ކޮރަޕްޝަނެއް ކަަމަށެވެ.
އެހެންކަމުން އެ އެއްވުމުގައި ބައިވެރިވާ ކޮން މީހަކަށް އެ ބުނެވެނީ އެ ކޮރަޕްޝަން ދިފާއުކުރާ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ.
"އެ މުޒާހަރާއަށް އަންނަ ކޮންމެ ރައްޔިތަކު އެ ބުނެދެނީ ތިމަންނަމެން މިތިބީ ފެނަމަ ކޯޕަރޭޝަނުން ދެ ބިލިޔަން ރުފިޔާ ގެ ހިޔާނާތް ދިފާއުކުރަން ތައްޔާރަށޭ،"
އެހެންކަމުން ގައުމުދެކެ ލޯބިވާ އެކަކުވެސް އެ އެއްވުމަށް ނުދާނެ ކަަމަށްވެސް ފަލާހު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
އެހެން މީހުންގެ ވާހަކަ ދެއްކުން އެހާ ރަނގަޅެެްނޫން. ފުރަތަމަ ތިމާގެ ފަސްބައި ރަނގަޅުކުރޭ
އރ - 9 މަސް ކުރިން
ހަޤީޤަތުގައިވެސް ޤައުމުދެކެ ލޯބިވާ މީިހަކު އެ މުޒާހަރާގައި ބައިވެރި ނުވާނެ.
ައަހުމަދު - 9 މަސް ކުރިން