ރާއްޖޭގެ އެންމެ ތާރީހީ އެއް ކްލަބު ވިކްޓްރީ ސްޕޯޓްސް ކްލަބުގެ އާ ހިންގާ ކޮމިޓީގެ ރައީސްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު، އަބްދުﷲ ޝަރީފް އިންތިހާބުކޮށް، އާ ބޯޑު ތައާރަފް ކޮށްފިއެވެ.
ކުރިން ވިކްޓްރީއަށް 2022 ވަނަ އަހަރު އޭޕްރީލް މަހު އިންތިހާބުކުރި ބޯޑުގެ ދައުރު ހަމަނުވަނީސް އިންތިހާބަކަށް ދާން ޖެހިފައި ވަނީ އޭރުގެ ރައީސް ހުސެއިން އާދަމް (އާދަމްބެ) ފިޔަވައި ދެން ތިބި ހިންގާ ކޮމިޓީގެ ހުރިހާ މެމްބަރުން އިސްތިއުފާދިނުމުންނެވެ.
އާ ބޯޑު ރޭ ނޫސްވެރިންނަށް ތައާރަފް ކޮށްފައިވާ އިރު، ބޯޑުގައި ސަރުކާރުގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް ހިމެނެއެވެ. އެގޮތުން، ވިކްޓްރީގެ ނައިބު ރައީސުންގެ ތެރޭގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި އަބްދުﷲ ވަހީދު ހިމެނެއެވެ. އޭގެ ތެރެއިން ނަޒީމް ވަނީ މީގެ ކުރިން އެކްލަބްގެ ޗެއާޕާސަން ކަމާއި، ވައިސް ޗެއާޕާސަންގެ މަގާމު އަދާކުރައްވައިފައެވެ.
ބޯޑު މެމްބަރުންގެ ތެރޭގައި އެމްއޭސީއެލްގެ ޑީއެމްޑީ މުޖުތަބާ ލަތީފާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަދި ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް، އިބްރާހިމް ޝިއުރީ އަދި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި މިހާރު ރައީސް އޮފީހުގައި މަސައްކަތް ކުރައްވަމުން އަންނަ ހުސެއިން ފަހުމީ ހިމެނެއެވެ.
އޭގެ އިތުރުން ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ވިކްޓަރީގެ ދެ ހިދުމަތްތެރިން ކަމަށްވާ، އަހުމަދު ރިޔާޒު (ގާނާ)، އަހުމަދު އަރީޝް (ޕަޓޭ) އަދި އައިޝަތު ރައިހާނާވެސް ބޯޑުގައި ހިމެނެއެވެ.
ވިކްޓްރީގެ އާ ޖެނެރަލް ސެކްރެޓަރީއަކަށް ހަމަޖައްސާފައި ވަނީ ހުޒާމް ހުސެއިން ދީދީއެވެ. އަދި ހަޒާންދާރަކީ މުހައްމަދު މުޖާހު މުނީރެވެ.
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު