ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ، ރާއްޖެ ސުޕަ ލީގު 2025 ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އަންހެން އަދި ފިރިހެން ޑިވިޝަންވެސް ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ. ހުރިހާ މެޗެއްވެސް ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް، މުބާރާތް ހުޅުވާލާފައި ވަނީ އަތޮޅު ތެރޭގެ ރަށްތަކަށެވެ.
ވީއޭއެމްއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރާއްޖެ ސުޕަ ލީގުގައި ބައިވެރިވެވޭނީ ކޮންމެ ރަށަކުންވެސް އެއް ޓީމަކަށް ކަމަށެވެ. އެ ޓީމަކީ ކޮން ޓީމެއްކަން ކަނޑައަޅާނެ ވަކި އުސޫލެއް އަދި އާއްމުކޮށްފައެއް ނުވެއެވެ.
ރާއްޖެ ސުޕަ ލީގުގައި ބައިވެރިވުމުގެ ފީއަކީ 5،000 ރުފިޔާއެވެ. އިތުރު މައުލޫމާތު ހޯދުމަށް 3317015 އަކަށް ގުޅުމަށްވެސް އެސޯސިއޭޝަނުގެ އިއުލާނުގައި ބުނެފައިވެއެވެ.
ރާއްޖޭގެ އެންމެ މަގުބޫލު އެއް ކުޅިވަރު ވޮލީގައި މިހާތަނަށް ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން މުބާރާތެއް ރަސްމީކޮށް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. މީގެ ކުރިން އެސޯސިއޭޝަނުން އަތޮޅު މުބާރާތްތައް ފެށި ނަމަވެސް، މިހާރު އެކަން އޮތީ މަޑު ޖެހިފައެވެ. އެހެން ނަމަވެސް، އަތޮޅު ތެރޭގެ ޖަމިއްޔާތަކާއި ކައުންސިލްތަކުން މުބާރާތްތައް އިންތިޒާމުކުރަމުން ދެއެވެ.
ރާއްޖެ ސުޕަ ލީގު 2025
ރާއްޖެ ސުޕަ ލީގު 2025
ރާއްޖެ ސުޕަ ލީގު 2025
ރާއްޖެ ސުޕަ ލީގު 2025