އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް ހިލޭ ޕްރިއޯރިޓީ ޕާސް މެމްބަޝިޕްގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1300 އަށްވުރެ ގިނަ އެއާޕޯޓް ލައުންޖްތަކަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެފިއެވެ.
އެ ހިދުމަތަކީ އުރީދޫގެ ކަސްޓަމަރުންނަށް ދަތުރުތަކުގައި ލުއިފަސޭހަ އަދި ލަގްޒަރީ ގޮތްތަކެއް ފަހިކޮށްދީ، ލޯޔަލްޓީގެ އަގުވަޒަން ކުރުމުގެ ގޮތުން ފޯރުކޮށްދޭ ހިދުމަތެކެވެ.
އުރީދޫން ބުނީ ކްލަބް ޕްރިމިއާ ގޯލްޑް ނުވަތަ ޕްލެޓިނަމް މެމްބަރެއްގެ ގޮތުގައި ތިން މަސް ދުވަސް ދެމިހުންނަ ފަރާތްތަކަށް ޕްރިއޯރިޓީ ޕާސް ނެގޭނެ ކަމަށާއި ޕްރިއޯރިޓީ ޕާސް އެކްޓިވޭޓް ކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ލައުންޖުތަކަށް ވަދެވޭނެ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލައުންޖް އެކްސެސް ކުރުމުގެ އިތުރުން، ކްލަބް ޕްރިމިއާ މެމްބަރުންނަށް ރާއްޖޭގެ އެކި ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ގިނަ ތަންތަނުން ލިބޭ ހާއްސަ ޑީލްތަކުން ވެސް ފައިދާ ލިބި، ކަސްޓަމަރުންނަށް ހާއްސަ އަގުތަކެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ ގޯލްޑް އަދި ޕްލެޓިނަމް ކްލަބް ޕްރިމިއާ މެމްބަރުންނަށް ޕްރިއޯރިޓީ ޕާސް ލިބުމަކީ ކަސްޓަމަރުންނަށް ލިބެމުންދާ ބެނެފިޓްސް އާއި ފައިދާތައް އިތުރަށް ފުރިހަމަވެގެންދާ ކަމެއް ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ރައްޔިތުން ގުޅުވައިދިނުމުގެ އިތުރަށް، ދިރިއުޅުމުގެ އެކި ކަންކަމުގައި ފުރިހަމަ އެކްސްޕީރިއަންސް ފޯރުކޮށްދީ، ކަސްޓަމަރުންގެ އަގު ވަޒަންކުރުމަށް ކަމަށް އުރީދޫން ބުންޏެވެ.
ޕްރިއޯރިޓީ ޕާސް އެކްޓިވޭޓް ކުރުމަށް ސޯޝަލް މީޑިއާ ނުވަތަ ލައިވް ޗެޓް މެދުވެރިކޮށް އުރީދޫ ކަސްޓަމާ ސާވިސް އަށް މެސެޖުކޮށްލުމަށް އުރީދޫ މޯލްޑިވްސް އިން އެދެއެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް