ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ނުހޯދައި، އިވެންޓު ބޭއްވުމަށް ސްޓޯލް ވިއްކަމުންދާތީ ސަމާލުވުމަށް އެދިއްޖެއެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓު ބޭއްވުމަށް ސްޓޯލް ވިއްކަމުންދިއުމާ ގުޅިގެން މިއަދު އެޗްޑީސީން ކުރި އިއުލާނުގައި ބުނީ، ބައެއް ފަރާތްތަކުން އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލުތައް ވިއްކަމުންގެންދާކަން އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"އެއްވެސް ފަރާތެއް ހުޅުމާލޭގައި އިވެންޓެއްގެ ސްޓޯލު ގަތުމުގެ ކުރިން، އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްކަން އެ ކޯޕަރޭޝަނުގެ ޕާމިޓް އެެންޑް ސާވިސަސް ސެކްޝަނާ ގުޅޭ ނަމްބަރު 3356112 އަށް ގުޅައި ޔަގީންކުރުމަށް އެދެން. އެޗްޑީސީގެ ހުއްދަ ނެގުމެއްނެތި، އެގޮތަށް އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލުތައް ދޫކުރުމުންނާއި ސްޓޯލުތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާނުވާނެ،" އެޗްޑީސީން ބުންޏެވެ.
އޭގެ އިތުރުން މިއަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ހުޅުމާލެ ފެއާ/ނައިޓް މާކެޓު އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ