ހުޅުމާލޭ އޯސީސީ ފިހާރައިގައި މަސައްކަތް ކުރާ ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަަމަލާދިން މައްސަލައިގައި ހައްޔަރު ކުރި ބަންގުލަދޭޝް ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލަ ފުލުންހުންނަށް ރިޕޯޓުކުރީ އިއްޔެ 12:45 ގައެވެ.
އެ ހާދިސާގައި ހަމަލާދީ ޒަހަމްކޮށްލީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ފިހާރައެެއްގައި މަސައްކަތް ކުރާ 21 އަހަރުގެ ނޭޕާލް އަންހެނަކަށެވެ. ހަމަލާ ދީފައިވަނީ އޭނާގެ ކަރަށެވެ.
ފުލުހުން މިއަދު "ވަން" އަށް ބުނީ އެ މާރާމާރީގައި އަނިޔާވި ނޭޕާލް އަންހެން މީހާ ވަނީ ފަރުވާ ދިނުމަށްފަހު އިއްޔެގެ ވަގުތެއްގައި ދޫކޮށްލާފައި ކަމަށެވެ.
އެ މާރާމާރީ ހިންގި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރު މިއާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް