ހަނގުރާމައިގައި ކާމިޔާބު ލިބުނީ ޕާކިސްތާނަށް ކަމަށް އެގައުމުގެ ބޮޑުވަޒީރު ޝެހެބަޒް ޝަރީފް ވިދާޅުވެއްޖެއެވެ.
އދ. ގެ 80 ވަނަ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބަޒް ޝަރީފް ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުން ކުރި ހަނގުރާމައިގައި ކާމިޔާބު ލިބިގެން ދިޔައީ ޕާކިސްތާނަށް ކަމަށާއި ދުނިޔޭގައި ޕާކިސްތާނަށް ލިބުނު ސަރަހައްދުގެ އަމާންކަން ގާއިމް ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޝެހެބަޒް ވިދާޅުވީ އިންޑިއާއިން އުޅުނީ އެމީހުންގެ އަމިއްލަ ސިޔާސީ މަންފާއަށް ކަމަށާއި ޕާކިސްތާނާ އެއްވެސް ވަރަކަށް ނުގުޅޭ ކަމެއްގައި ޕާކިސްތާނަށް ހަމަލާދީ ހަނގުރާމައެއް ފެށީ ކަމަށެވެ.
25 މިނެޓުގެ ސްޕީޗުގައި ޝެހެބަޒް ވަނީ ކަޝްމީރާއި ފަލަސްތީނުގެ އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް އދ. އިން މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ. އަދި ޕާކިސްތާނުން އަބަދު ވެސް އިސްކުރާނީ އަމާންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު އައުޒަމް
ދަނޑުވެރިން
ހެލްތު މިނިސްޓަރު ގީލާ އަލީ
އިރާނު-އިޒްރޭލު ހަނގުރާމަ
ހޮލީވުޑް