ގެއަކަށް ވަގަށް ވަދެ ދެ ފާޓާ ރިހާކުރު ވަގަށް ނެގި މީހަކު 15 މަހަށްވުރެ ގިނަ ދުވަހަށް ޖަލަށްލާން، ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލަތަކުގައި ކޯޓުން ހުކުމްކޮށްފައިވަނީ، ހުސެއިން ޝަމްއޫން ބަނަފްސާގެ/ ގދ. ވާދޫ، ގެ މައްޗަށެވެ.
މި މައްސަލައިގައި ހަތަރު ދައުވާއެއް އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވެއެވެ.
އޭގެ ތެރެއިން މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހާއި 22 ވަަނަ ދުވަހުގެ 2:45 ހާއިރު ޅ. ނައިފަރު / ރާޒްދާންގެއަށް، އެގޭގެ ވެރިފަރާތުގެ ހުއްދަަނެތި ވަނުމުގެ ސަބަބުން، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުުމުގެ ކުށުގެ ދެ ދައުވާއެއް އޭނާގެ މައްޗަށް ކުރިއެވެ. އަދި އޭޕްރީލް މަހުގެ 21 ވަަނަ ދުވަހު އެ ގެއަށް ވަދެ އެގޭ ބަދިގެ ތެރޭގައި 20 ލީޓަރު ފާޓާއެއްގައި ހުރި ރިހާކުރު އެ ފާޓާއާއެކު ވަގަށް ގެންގޮސްގެންނާއި، 22 ވަނަ ދުވަހު އެގޭ ބަދިގޭގައި ޓައްޕެއްގައި ހުރި ރިހާކުރު ވަގަށް ގެންގޮސްގެން ވައްކަން ކުރުމުގެ ދެ ދައުވާއެއް ކޮށްފައިވެއެވެ.
މި ހުރިހާ ދައުވާއަކަށް، ކޯޓުގައި އޭނާ ވަނީ އިއުތިރާފުވެފައެވެ.
އެހެންކަމުން ފުރަތަމަ ދުވަހު، ގޭގެ ވެރިފަރާތުގެ ހުއްދަަނެތި އެ ގެއަށް ވަދެގެން އޭނާގެ މައްޗަށް ކުރި ދައުވާގައި 22 ދުވަަހުގެ މުއްދަތަށް ޖަލަށް، އަދި ދެވަނަ ދުވަހު ގޭގެ ވެރިފަރާތުގެ ހުއްދަަނެތި އެ ގެއަށް ވަދެގެން އެއް މަހާއި 15 ދުވަހުުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
ދެ ވައްކަމުގެ ތެެރެއިން 21 ވަނަ ދުވަހު، 20 ލީޓަރު ފާޓާއެއްގައި ހުރި ރިހާކުރު އެ ފާޓާއާއެކު ވަގަށް ގެންގޮސްގެން، 11 މަހާއި 19 ދުވަހަށް، އަދި 22 ވަނަދުވަހު ރިހާކުރު ޓައްޕު ވަގަށް ގެންގޮސްގެން، ތިންމަސްދުވަހުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.
ނައިފަރު ގެއަކުން އޭނާ ވައްކަންކުރި ނަމަވެސް ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ މައްޗަށް ހުކުމްކޮށްފައިވަނީ މިހާރު އޭނާ ދިރިއުޅެނީ ވާދޫގައި ކަމުން އެ މައްސަލަ ވާދޫ ކޯޓަށް ބަދަލުކޮށްގެންނެވެ.
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް