ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި ކްލަބު ވެލެންސިއާ ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.
ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި އޮޑިން ވެލެންސިއާ ބަލިކުރީ 7-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް އޮޑިން ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާ އިރު، އެޓީމުގެ އިތުރުން ދެން ކުޅުނު ދެމެޗުން މޮޅުވެފައި އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.
އެ ތިން ޓީމުވެސް ކުޅުނު ދެމެޗުން މޮޅުވެފައިވާ އިރު، އޮޑި އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ނިއު ދެވަނައިގައި އޮތް އިރު، މާޒިޔާ ތިންވަނައިގައި އޮތީވެސް ފައިދާ ގޯލުގެ ތަފާތުންނެވެ.
ހަތަރެއްގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާއި ހަވަަނައިގައި އޮތް ކްލަބް ވެލެންސިއާއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ހަތް ވަނައިގައި އޮތް ކްލަބް އީގަލްސްއަށް ވަނީ ޕޮއިންޓެއް ލިބިފައެވެ. ޔުނައިޓެޑް ވިކްޓަރީއާއި ޓީސީ ސްޕޯޓްސް ކްލަބް އަދި ގްރީން ސްޓްރީޓްސްއަށް ދެ މެޗުން ޕޮއިންޓެއް ލިބިފައެއްނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ހަތަރު ގޯލް ޖަހާފައިވާ އިރު، އެ ގޯލުތައް ޖެހީ ކަރޮލިސް ލައުކްޒެމީސްއާއި އަބްދުﷲ ލޫތު އިބްރާހީމް، އިބްރާހީމް ވަހީދު ހަަން އަދި އިބްރާހީމް އިމްރާނެވެ.
ދެވަނަ ހާފުގައި އޮޑިން އިތުރަށް ގޯލުތައް ޖަހައިދީފައިވާ އިރު، ކަރޮލިސް ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އޭގެ އިތުރުން މުޒްދާން ހަސަން އިތުރު ގޯލެއް ޖަހާފައިވާ އިރު، ވެލެންސިއާގެ ހަމައެކަނި ގޯލު ޖެހީ އަބްދުލް ސަމީއު ހަސަނެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު