ރަޝިޔާ ހަނގުރާމައަށް ފަންޑުކުރަނީ ޗައިނާއާއި އިންޑިއާއިން ކަމަށް އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގައި ރޭ އިރާކޮޅު ދެއްވި ތަގުރީރުގައި ރައީސް ޓްރަމްޕް ވިދާޅުވީ ޗައިނާ އާއި އިންޑިއާ އަކީ ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ މައި ފަންޑުވެރިން ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އެހަނގުރާމައަށް ޗައިނާއާއި އިންޑިއާއިން ފަންޑުކުރަނީ ރަޝިޔާއިން ތެޔޮ ގަނެގެން ކަމަށެވެ.
ޓްރަމްޕް ވަނީ އިންޑިއާ އާއި ޕާކިސްތާނުން ކުރި ހަނގުރާމަ ނިމުމަކަށް ގެނައިކަން ތަކުރާރުކޮށް، ޓްރަމްޕްގެ ސަރުކާރުން ހަތް މަސް ދުވަހު ތެރޭގައި ހަތް ހަނގުރާމަ ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް އިންޑީއާއާއި ޗައިނާއަށް ތުހުމަތުކޮށް ތަގުރީރުގައި ބަހުގެ ހަމަލާ ދެއްވާފައިވާއިރު ޓްރަމްޕް ސަރުކާރުގެ ޓެރިފް ސިޔާސަތުގެ ދަށުން އިންޑިއާއާއި ޗައިނާއަށް ވަނީ ފިޔަވަޅު އަޅައިފައެވެ. އެގޮތުން އެ ދެ ގައުމުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ރޭޓު ބޮޑުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު