ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހުގެ ރައީސް އަދި ސައޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ ސަމާހަތުއްޝައިހު އަބްދުލްއަޒީޒު ބިން އަބްދުﷲ އާލުއްޝައިހުގެ މައްޗަށް، ރާއްޖޭގައި ޣައިބަށް ކަށު ނަމާދުކުރަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަދި ސައޫދީގެ އެންމެ މަތީ މުފްތީ ސަމާހަތުއްޝައިހު ޢަބްދުލްއަޒީޒު ބިން އަބްދުﷲ އާލުއްޝައިހުގެ މައްޗަށް، މިރޭ އިޝާ ނަމާދަށްފަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ޣައިބަށް ކަށު ނަމާދުކުރަން ނިންމާފައިވާ ކަމަށެވެ.
ބޭރުގެ ހަބަރުތައް ބުނާގޮތުން ނަމަ އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ، ސައުދީގެ އިމާމް ތުރުކީ ބިން އަބްދުﷲ މިސްކިތުގައެވެ.
1999 ވަނަ އަހަރު އަލް އަޝެއިހު އެ މަގާމަށް އައްޔަނުކުރައްވައި، ސައުދީގެ އެންމެ މަތީ ފަންތީގެ ދީނީ އިލްމުވެރިކަމުގެ މަގާމު ފުރުއްވާފައިވެއެވެ.
އަބްދުލްއަޒީޒް އިބްނު އަބްދުﷲ އަލްއައައްޝައިހު (30 ނޮވެމްބަރ 1940 – 23 ސެޕްޓެމްބަރ 2025) އަކީ ސައޫދީގެ އިލްމުވެރިއެކެވެ. އަދި ކައުންސިލް އޮފް ސީނިއާ ރިލިޖަސް ސްކޮލާސް އާއި، އެ ކޮމިޓީގެ ސަބް ކޮމިޓީ (ޕާމަނަންޓް ކޮމިޓީ ފޮ އިސްލާމިކް ރިސާޗް އެންޑް އިޝޫ ފަތުވާ) ގެ މަގާމު ފުރުއްވާފައިވެއެވެ.
އަޒީޒް އަވަހާރަވި އިރު، އުމުރުފުޅަކީ 84 އަހަރެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ