މ. މުލަކު ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް އެމްޓީސީސީން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
އެ މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ އާއި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބްއެވެ.
މުލަކުގައި ކުރިޔަށްގެންދާ މި މަޝްރޫގެ އަގަކީ 62.63 މިލިޔަން ރުފިޔާއެވެ. މަސައްކަތް ނިންމަންދީފައިވަނީ 485 ދުވަހެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 70،120 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން
- 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން
- 253 މީޓަރުގެ ސޭންޑްފިލް ބޭރުތޮށި އައުޓާ ރިވެޓްމަންޓެއް ޖެހުން
- 25 މީޓަރުގެ ނެރު ބޭރު ތޮއްޓެއްލުން
- 53 މީޓަރުގެ ރިވެޓްމަންޓް ޖެހުން
- 3،062 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން
- ބަނދަރު ބައްތި ހަރުކުރުން
ފާތިމަތު ލިއުޝާ
މ. މުލި
މ. މުލި
މ. މުލި
މ. މުލި