ގައުމީ އެއާލައިން މޯލްޑިވިއަނުން މ. މުލީ އެއާޕޯޓަށް ކުރާ ދަތުރުކޮށް އިތުރުކޮށްފިއެވެ.
މޯލްޑިވިއަނުން މިހާރު މުއްޔަށް ބާއްވަނީ ހަފުތާއަކު ދެ ފްލައިޓެވެ.
މޯލްޑިވިއަނުން މިއަދު ބުނީ މުލީ އެއާޕޯޓަށް ހަވީރުގެ ވަގުތުގައި އިތުރު ފްލައިޓެއް ބާއްވާނެ ކަމަށާއި އެ ކަމުގެ ސަބަބުން އެ އެއާޕޯޓުގެ ބޭނުން ހިފާ މީހުންނަށް ފަސޭހަވެގެންދާނެ ކަމަށެވެ.
މޯލްޑިވިއަނުން ބުނީ ހަވީރު ފްލައިޓުގެ ސަބަބުން ޕީކް ވަގުތުތަކުގައި ދަތުރު ކުރުމަށް އޮންނަ ޑިމާންޑަށް ވެސް ފުރުސަތު ލިބޭނެ ކަމަށެވެ.
މުއްޔަށް ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 1،377 ރުފިޔާ އެވެ.
މުލީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.
މަސައްކަތް ހަވާލުކުރި އެމްޓީސީސީން ވަނީ މަޝްރޫއަށް ބޭނުންވާ 14 ހެކްޓަރުގެ ބިން ހިއްކައި، 1،812 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކޮށްފަ އެވެ. އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށް ތަރައްގީކުރި އެއާޕޯޓުގައި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ ހަދައިފައެވެ.
އަލީ ޔާމިން
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ