މ. މުލި އަދި ނާލާފުށި ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރިގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
މި މަޝްރޫއުގެ ދަށުން 9825 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ވަގުތީ އެކްސަސް ބެޑްގެ ބިން ހިއްކުމާއި 8496 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އެޕްރޯޗް މަގުގެ ބިން ހިއްކުމާއި 16,879 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ރީޓެއިނިން ވޯލް ބެކްފިލްގެ ބިން ހިއްކުމަށް ވަނި ހަމަޖެހިފައެވެ.
މީގެއިތުރުން، 112 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުމާއި 340 މީޓަރުގެ ކޯޒްވޭއެއް ހެދުމާއި 315 މީޓަރުގެ ބްރިޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއު 125.58 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 600 ދުވަސް ތެރޭގައި ނިންމުމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށް އެމްޓީސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު