މ. ދިއްގަރު ހޮސްޕިޓަލު އިމާރާތް ކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި ދިއްގަރު ހޮސްޕިޓަލު އިމާރާތް ކުރުމުގެ މަސައްކަތު އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަހުމަދު ސައުދީއެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބުދުﷲ ނާޒިމްއެވެ.
އެރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުން މަޖިލިހުގެ ބައެއް މެންބަރުންނާއި ދިއްގަރު ދާއިރާގެ ކައުންސިލުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ މަޝްރޫއުގެ އަގަކީ 105.13 މިލިޔަން ރުފިޔާއެވެ. މަސައްކަތް ނިންމަންދީފައިވަނީ 540 ދުވަހެވެ.
އެ ހޮސްޕިޓަލަކީ 37 އެނދުގެ ހޮސްޕިޓަލެކެވެ.
ފާތިމަތު ލިއުޝާ
މ. ދިއްގަރު
މ. ދިއްގަރު
މ. ދިއްގަރު
މ. ދިއްގަރު