މީހަކު ރަހީނުކޮށް އާއިލާއަށް ގުޅައިގެން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަނގްލާދޭޝް މީހެއްްކަމަށްވާ، އެމްޑީ އަލާއުއްދީން ހިރިޑޯއި (28އ) އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ހުއްދަ ނޫން ގޮތެއްގައި މީހުން ހިފެހެއްޓުމުގެ ކުށުގައެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ބަންދަށް 10 ދުވަސް ކުރިމިނަލް ކޯޓުން ވަނީ ޖަހައިފައެވެ.

އޭނާ ބަންދުކުރި ކޯޓު އަމުރުގައި ބުނެފައިވަނީ، މީހަކު ރަހީނުކޮށް ގެސްޓް ހައުސްއެއްގެ ކޮޓަރުއަކަށް ގެންގޮސް ރަހީނުކުރި މީހާގެ އާއިލާއަށް ގުޅައި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށެވެ.