ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) 2025 އެވޯޑު ހަފުލާ ބާއްވައިފިއެވެ.
ސްރީ ލަންކާގެ ކޮލަމްބޯގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ސަރަހައްދީ ފަތުރުވެރިކަމުގެ ދާއިރާގެ ތަފާތު ގިނަ އެވޯޑުތައް ވަނީ ދީފައެވެ. އެގޮތުން އެކި ކެޓަގަރީތަކުން 53 ގޯލްޑް އެވޯޑާއި 113 ސިލްވާ އެވޯޑް ވަނީ ދީފައެވެ. އެއިން ރާއްޖެއަށް 36 އެވޯޑް ވަނީ ލިބިފައެވެ.
މި އަހަރުގެ އެވޯޑް ރަސްމިއްޔާތުގެ ފޭސަސް އޮފް ސައުތު އޭޝިއާ އެވޯޑްވެސް ވަނީ ދީފައެވެ. އެ އެވޯޑަކީ މި ސަރަހައްދުގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާ ތަރައްގީކުރުމުގައި އުމުރު ދުވަހު ހިދުމަތްކޮށްފައިވާ ލީޑަރުންނަށް ދޭ ޝަރަފުވެރި އެވޯޑެކެވެ. އެ އެވޯޑް ރާއްޖެއިން ބަނޑޮސް އައިލެންޑް ރިސޯޓުގެ ޗެއާމަން މުހައްމަދު ވަހީދުއްދީނަށްވެސް ލިބިވަޑައިގެންނެވިއެވެ.
ވިޒިޓާސް ޗޮއިސް އެވޯޑްސްގައި ރާއްޖެއަށް ލީޑިން އެޑްވެންޗާ ޑެސްޓިނޭޝަން އެވޯޑް ލިބިފައިވާ އިރު، ބޫޓާނަށް ލީޑިން ހެރިޓޭޖް ޑެސްޓިނޭޝަންގެ އެވޯޑް ލިބުނެވެ. އަދި ލަންކާއަށް ލީޑިން މައިސް ޑެސްޓިނޭޝަން އަދި ލީޑިން ވެލްނެސް ޑެސްޓިނޭޝަންގެ އެވޯޑް ވަނީ ލިބިފައެވެ.
2016 ގައި ދޭން ފެށި ސަޓާ އެވޯޑްސްއަކީ މިހާރު ދެކުނު އޭޝިއާގެ އެންމެ ނުފޫޒުގަދަ ބްރޭންޑްތަކުގެ ތެރެއިން އެއް ބްރޭންޑަށް ވެފައިވާ އިރު، މި އެވޯޑްސް ޕްރޮގްރާމަކީ ސަރަޙައްދުގެ ގައުމުތައް އެއްވެ، ވާދަވެރިކަމެއްނެތި، އެކުގައި ކާމިޔާބީ ފާހަގަކުރުމުގެ މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި ދެމިއޮތް އެވޯޑް ޕްރޮގްރާމެކެވެ.
އާއިޝަތު މާހާ
ސަޓާ
ސަޓާ
ސަޓާ