ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ޓްރެވަލް އިންޑަސްޓްރީއަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު އެވޯޑު ހަފުލާ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2025ގައި 36 ދާއިރާއަކުން ރާއްޖެއަށް އެވޯޑް ލިބިއްޖެއެވެ.

ސަޓާ 2025 ބާއްވާފައިވަނީ ސްރީ ލަންކާގެ ކޮލަމްބޯގައެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްގައި އެކި ކެޓަގަރީތަކުން ރާއްޖެއަށް 36 އެވޯޑް ލިބިފައިވެއެވެ. އެގޮތުން 85 ދާއިރާއަކުން ސިލްވާ އެވޯޑް ރާއްޖެއަށް ލިބިފައިވާ އިރު، 15 ދާއިރާއަކުން ގޯލްޑް އެވޯޑް ހާސިލުކޮށްފައިވެއެވެ.

  • ސައުތު އޭޝިއާސް ބެސްޓް ޖީއެމް - އަހްމަދު ޒާހިރު، އަންގްސަނަ ވެލަވަރު (ގޯލްޑް)
  • މޯސްޓް ރޮމޭންޓިކް ރިސޯޓު - ޔޫ އެންޑް މީ މޯލްޑިވްސް (ގޯލްޑް)
  • ލީޑިން ބީޗް ރިސޯޓް - ސިނަމަން ވެލިފުށި މޯލްޑިވްސް (ގޯލްޑް)
  • ލީޑިން ލަގްޒަރީ ރިސޯޓް - ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް (ގޯލްޑް)
  • ލީޑިން ޑައިވް ސެންޓަރު - ބެސްޓް ޑައިވްސް ޕްރައިވެޓް ލިމިޓެޑް (ގޯލްޑް)
  • ލީޑިން އޯލް އިންކްލޫސިވް ހޮޓެލް / ރިސޯޓް - ހެރިޓެންސް އާރަށް (ގޯލްޑް)
  • ލީޑިން ޑިޒައިނާ ހޮޓެލް / ރިސޯޓް - ކޮކޫން މޯލްޑިވްސް (ގޯލްޑް)
  • ލީޑިން އެއާޕޯޓް ހޮޓެލް - ހުޅުލެ އައިލެންޑް ހޮޓެލް (ގޯލްޑް)
  • ލީޑިން ސާފް ހޮޓެލް / ރިސޯޓް - ސިނަމަން ދޮންވެލި މޯލްޑިވްސް (ގޯލްޑް)
  • ލީޑިން ޑައިވް ހޮޓެލް / ރިސޯޓް - އަދާރަން ކްލަބް ރަންނާޅި (ގޯލްޑް)
  • ލީޑިން ޕެސެންޖާ ސޭލްސް އޭޖެންޓް (ޕީއެސްއޭ) - ވިލާ ޓްރެވެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް (ގޯލްޑް)
  • ލީޑިން ޖެނެރަލް ސޭންލް އޭޖެންޓް (ޖީއެސްއޭ) - އޭސް އޭވިއޭޝަން ސާވިސް މޯލްޑިވްސް (ގޯލްޑް)
  • ލީޑިން ސުޕަވިޝަން އޭޖެންޓް (ޖެނެރަލް އޭވިއޭޝަން ސާވިސް) - އޭވިއާ މޯލްޑިވްސް (ގޯލްޑް)
  • ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ (އެއާ) - ޓްރާންސް މޯލްޑިވިއަން އެއާވޭސް (ގޯލްޑް)
  • ލީޑިން ލައިވްއެބޯޑް - މޯލްޑިވްސް ލެޖެންޑް (ގޯލްޑް)
  • ލީޑިން ލައިވްއެބޯޑް ބްރޭންޑް - ވޮޔޭޖެސް މޯލްޑިވްސް (ގޯލްޑް)
  • ވިޒިޓާސް ޗޮއިސް އެވޯޑްސް - ލީޑިން އެޑްވެންޗާ ޑެސްޓިނޭޝަން (ގޯލްޑް)
  • ލީޑިން ޓްރެވެލް އޭޖެންޓް، އިންބޯޑް - ވޮޔޭޖެސް މޯލްޑިވްސް (ސިލްވާ)
  • ލީޑިން ޓްރެވެލް އޭޖެންޓް، އައުޓްބޯޑް - އޭސް ޓްރެވެލް މޯލްޑިވްސް (ސިލްވާ)
  • ބެސްޓް ޕްރޮމޯޝަން ކެމްޕޭން - ވަން ސްޓެޕް ހޮލިޑޭސް (ސިލްވާ)
  • ލީޑިން ސިޓީ ހޮޓެލް (40 ކޮޓަރިން މަތި) - ކާނި ޕާމް ބީޗް (ސިލްވާ)
  • ލީޑިން އެކޯ ފްރެންޑްލީ ހޮޓެލް / ރިސޯޓް - ބަންޔަން ޓްރީ ވައްބިންފަރު (ސިލްވާ)
  • ލީޑިން ގެސްޓް ހައުސް / ޓޫރިސްޓް އިން - ރިވެރީސް މޯލްޑިވްސް (ސިލްވާ)
  • ލީޑިން ބުޓިކް ހޮޓެލް / ރިސޯޓް - ކޮކޯގިރި އައިލެންޑް ރިސޯޓް (ސިލްވާ)
  • ލީޑިން ބަޖެޓް ހޮޓެލް - ޓްރިޓޮން ޕްރެސްޓީޖް ސީވިއު އެންޑް ސްޕާ (ސިލްވާ)
  • ލީޑިން ވެޑިން ހޮޓެލް / ރިސޯޓް - ފުށިފަރު މޯލްޑިވްސް (ސިލްވާ)
  • ލީޑިން އެފް އެންޑް ބީ ހޮޓެލް / ރިސޯޓް - ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ (ސިލްވާ)
  • ލީޑިން އެޑްވެންޗާ / ސްޕޯޓްސް ޓުއާ އޮޕަރޭޓާ - އޯޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ސިލްވާ)
  • ނިޝާން ސެނެވިރަތްނެ ބެސްޓް ސީއެސްއާރް ޕްރޮގްރާމް - ކޮކޯ ޕާމް ދުނިކޮޅު (ސިލްވާ)
  • ސައުތު އޭޝިއާސް ބެސްޓް ނިއު ހޮޓެލް / ރިސޯޓް - މަޑިފުށި ޕްރައިވެޓް އައިލެންޑް (ސިލްވާ)
  • ލީޑިން ހެރިޓޭޖް ހޮޓެލް / ރިސޯޓް - އީކުއޭޓާ ވިލެޖް (ސިލްވާ)
  • ލީޑިން މީޓިން އެންޑް ކޮންފަރެންސް ހޮޓެލް / ރިސޯޓް - ވިލާ ނޮޓިކާ (ސިލްވާ)
  • ލީޑިން ވެލްނެސް އެންދް ސްޕާ ހޮޓެލް / ރިސޯޓް - ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް (ސިލްވާ)
  • ލީޑިން ބިޒްނަސް ހޮޓެލް - ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާ (ސިލްވާ)
  • ލީޑިން ފައިން ޑައިނިން އައުޓްލެޓް އިން ހޮޓެލް / ރިސޯޓް - އެޗްޓޫއޯ ޔޫ އެންޑް މީ މޯލްޑިވްސް (ސިލްވާ)
  • ލީޑިން ކްރޫޒް ޓްރެވެލް އޭޖެންޓް - މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންސް (ސިލްވާ)

ސަޓާ އެވޯޑްސްގައި ވިޒިޓާސް ޗޮއިސްއަށް އެވޯޑް ދީފައިވަނީ ހަތަރު ދާއިރާއަކުންނެވެ. އެގޮތުން ލީޑިން އެޑްވެންޗާ ޑެސްޓިނޭޝަން އެވޯޑްވެސް ލިބިފައިވަނީ ރާއްޖެއަށެވެ. ލީޑިން ހެރިޓޭޖް ޑެސްޓިނޭޝަންގެ އެވޯޑް ލިބިފައިވަނީ ބޫޓާނަށެވެ. އަދި ލީޑިން މައިސް ޑެސްޓިނޭޝަން އެވޯޑާއި ލީޑިން ވެލްނެސް ޑެސްޓިނޭޝަން އެވޯޑް ލިބިފައިވަނީ ސްރީ ލަންކާއަށެވެ.

އޭގެ އިތުރުން މި ސަރަޙައްދުގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާ ބިނާކުރުމުގައި އުމުރު ދުވަހު ހިދުމަތްކޮށްފައިވާ ވިސްނުންތެރި ލީޑަރުންނަށް ދެވޭ ޝަރަފުވެރި އެވޯޑް (ސަޓާ ފޭސަސް އޮފް ސައުތު އޭޝިއާ އެވޯޑް) ބަނޑޮސް އައިލެންޑް ރިސޯޓްގެ ޗެއާމަން މުހައްމަދު ވަހީދުއްދީނަށް ވަނީ ލިބިވަޑައިގެންފައެވެ.

ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. ހައިރައިޒުން އިންތިޒާމުކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ ސަޓާ މިއަދު ވެފައިވަނީ، ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ އެވޯޑަކަށެވެ.