ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ މިއަހަރުގެ އެޑިޝަންގެ ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.
ސަޓާގެ މިއަހަރުގެ އެޑިޝަންގެ ޕާޓްނަރުންނާއެކު ސޮއިކުރީ ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
- ޕްލެޓިނަމް ޕާޓްނަރު: ހޮންޑާ މެރިން
- ގޯލްޑް ޕާޓްނަރުން: ދަ ހޯކްސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް
- ސިލްވާ ޕާޓްނަރު: ރެނާޓަސް ރިއަލިޓީ
- ހޮސްޕިޓާލިޓީ ޕާޓްނަރު: މޯލްޑިވްސް - ހުޅުލޭ އައިލެންޑް ހޮޓެލްސް
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ސަޓާގެ ނުވަވަނަ އެޑިޝަން އޮންނާނީ އަންނަ މަހުގެ 19 އިން 20 އަށް ސިނަމަން ގްރޭންޑްގައެވެ.
ސަޓާ 2025 އަކީ ސްރީލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެސްއެލްޓީޑީއޭ)، ސްރީ ލަންކާ ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯ (އެސްއެލްޓީޕީބީ)، ނޭޕާލް ޓޫރިޒަމް ބޯޑް (އެންޓީބީ)، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އަދި ޓްރެވަލް އެޖެންޓްސް އެސޯސިއޭޝަން އޮފް އިންޑިއާ (ޓީއޭއޭއައި)، އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް (އައިއޭޓީއޯ) ފަދަ ބޮޑެތި ގައުމީ ޓްރެވަލް އެސޯސިއޭޝަންތަކުން ފަހުރުވެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ.
މީގެ އިތުރުން ސަޓާ އެވޯޑްސްއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)، ކޮންފެޑެރޭޝަން އޮފް އެކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ސީއޭޓީއޯ)، އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް، މޯލްޑިވްސް (އޭޓީއޭ)، ހޮޓެލްސް އެސޯސިއޭޝަން އޮފް ސްރީލަންކާ (ޓީއޭއެސްއެލް)، ސްރީލަންކާ އެސޯސިއޭޝަން އޮފް އިންބައުންޑް ޓުއާ އޮޕަރޭޓާސް (ސްލައިޓޯ)، ހޮޓެލް އެސޯސިއޭޝަން ނޭޕާލް (ހާން)، ބަންގްލަދޭޝް އިންޓަނޭޝަނަލް ހޮޓެލް އެސޯސިއޭޝަން (ބީއައިއެޗްއޭ)، ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް ބޫޓާން (އެޗްއާރްއޭބީ)، ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އާއި އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޯގަނައިޒޭޝަންސް، އިންޑިއާ (އޭޓީޓީއޯއައި) އިން އެންޑޯޒްކޮށްފައިވާ އެވޯޑެކެވެ.
ސަޓާގެ މިއަހަރުގެ އެޑިޝަންގެ މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
އަލީ ޔާމިން
ސަޓާ
ސަޓާ
ސަޓާ