އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖޭގެ ފުޓްސަލް ޓީމުން އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި އަފްގާނިސްތާން ކައިރިން ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ފުޓްސަލް އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެފައިވާ އަފްގާނިސްތާން ކައިރިން ރާއްޖެ އިއްޔެ ބަލިވީ 10-1 ގެ ނަތީޖާއަކުންނެވެ. އަފްގާނިސްތާނަކީ ދުނިޔޭ ރޭންކިންގެ 33 ވަނައިގައި އޮތް ޓީމެކެވެ. ރާއްޖެ އޮތީ 106 ވަނައިގައެވެ.
މިޔަންމާގެ އެމްއެމްއެފް އިންޑޯގައި އިއްޔެ ކުޅުނު މެޗުގައި އަފްގާނިސްތާނުގެ އަކްބަރު ކަޒޭމީ ވަނީ ކުރީކޮޅުގައި ލީޑު ނަގައިދީފައެވެ. އޭގެ އިރުކޮޅެއްފަހުން އޭނާގެ ދެވަނަ ގޯލެއްވެސް ފެނިގެން ގޮސްފަިއވާ އިރު، ތިންވަނަ ގޯލު ޖެހީ މުހައްމަދު މޮރާދީއެވެ. އެއީ ކޯނަރެއްގައި ޖެހި ގޯލެކެވެ.
އެ ގޯލުތަކާއެކު ރާއްޖެއިން ޑިފެންސް ކުރުމުގެ ބަދަލުގައި ކުރިއަށް ޖެހިގެން ކުޅެން މަސައްކަތް ކޮށްފައިވާ އިރު، އެ ޖާގައިގެން ބޭނުން ހިފައި، އަފްގާނިސްތާނުން އިތުރު ގޯލުތައް ޖެހިއެވެ. އެ ގޯލުތައް ޖެހީ ފަރްޒާދް މަހްމޫދީއާއި ހާމިދު ރެޒާ ހޮސައިނީ އަދި އަލީ އަމީރީއެވެ.
ދެވަނަ ހާފަށް ނުކުމެ، ރާއްޖޭގެ އިޝާން އިބްރާހީމް (ސައްޓު) ގޯލެއް ޖަހައި ފަރަގު ކުޑަކޮށްދިން ނަމަވެސް، އޭގެފަހުން އައްބާސް ހައިދޭރީއާއި ރެޒާގެ އިތުރުން މޮރާދީ ޖެހި ގޯލުތަކުން ތަފާތު ބޮޑު މޮޅެއް ހޯދިއެވެ.
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ފުޓްސަލް ޓީމުގެ އިތުރުން ދެން ގްރޫޕް އެޗްގައި ހިމެނެނީ މިޔަންމާއެވެ. މިޔަންމާއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ މާދަމާއެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ބަލި ރާއްޖެ.
ޒޭންސު - 9 މަސް ކުރިން