ފ. ދަރަނބޫދޫގައި އަލަށް އިމާރާތްކުރާ ސިއްހީ މަރުކަޒުގެ ބިންގާ އަޅައިފި އެވެ.
ދަރަނބޫދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ދަރަނބޫނދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
އެމަޝްރޫއުގެ އަމަލީ މަސައްކަތް ނިމުމުން ދަރަނބޫދޫގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ގަބޫލުކުރާ ކަމަށާއި މާލެއަށް ބޭސްފަރުވާއަށް ކުރަން ޖެހޭ ދަތުރުތައް މަދުވެ، ސިއްހިގޮތުންނާއި މާލީ ގޮތުންވެސް ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުންޏެވެ.
ފާތިމަތު ލިއުޝާ
ފ. ދަރަނބޫދޫ
ފ. ދަރަނބޫދޫ
ފ. ދަރަނބޫދޫ
ފ. ދަރަނބޫދޫ