ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުމާއި ފޭރުނުކަމުގެ ކުށުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރުކޮށްފައިވަނީ، ހިޔާ ފުލެޓް 7-6-7 އެޗް އަހްމަދު އުވައިސް އެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދައްކާފައިވާ އިރު، އެމީހާ އޮރިޔާންކޮށް ފޮޓޯ ނަގައި، އެމީހާގެ އެކައުންޓުން ޓްރާންސްފާ ކުރި ފައިސާ އުވައިސްގެ އެކައުންޓަށް ޖަމާކުރި ކަމަށްވެސް މި މައްސަލައިގައި ވަނީ ބުނެފައެވެ.
މި މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން، އޭނާގެ އާއިލާއާ ވާހަކަދެކެވުނު ނަމަވެސް، މާލީ ހާލަތު ހުރިގޮތުން ވަކީލަކު އަދި ހަމަނުޖެހޭ ކަމަށް ވަނީ ބުނެފައެވެ. އަދި ފޯނު ކޯލު ނުދީ ލަސްވުމުގެ ސަބަބުން އަޑުގަދަކުރަން ފެށުމުން ފުލުހުން އޭނާއަށް އަނިޔާކުރިކަމަށް ވަނީ ޝަކުވާކޮށްފައެވެ.
މި މައްސަލައިގައި އޭނާގެ ބަންދަށް 20 ދުވަސް ކުރިމިނަލް ކޯޓުން ވަނީ ޖަހައިފައެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން