ރައީސް ޑރ. މުހައްމަދު މުއިއްޒު، ވ. އަތޮޅު ތިނަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވައިފިއެވެ.
ރައީސް، ތިނަދޫ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ އެ މަނިކުފާނު މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ތިނަދުއަށް ވަޑަައިގެން، އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފުގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ތިނަދޫ ކައުންސިލް މެންބަރުން ބައިވެރިވަވަޑައިގެންނެވިއެވެ.
ރައީސް ވަނީ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ.އިކޮނޮމިކް މިނިސްޓްރީގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއެއް ބީއެމްއެލްއިން ކުރިއަށް ގެންދާއިރު، ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސާވިސް ބޭންކިން ސެންޓަރު، 222 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.
މުހައްމަދު އިޝާން
ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު
ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު
ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު
ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު