ޗައިނާއާއެކު ގުޅުން ބަދަހިކުރަން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މީގެ 8 އަހަރު ކުރީން، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން، ހުޅުމާލެ އާއި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހުޅުވި ކަމަށެވެ.
ރައީސްގެ މެސެޖުގައި، ރާއްޖެއާއި ޗައިނާއާ ދެ ގައުމު އެއްބައިވަންތަ ކުރުމަށް ބޭނުންވާ އިތުބާރާއި، އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
އެމަނިކުފާނުގެ މެސެޖުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒައާމަތުގައި، ރާއްޖެއާއި ޗައިނާއާ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ރައްޔިތުންނަށް އިތުރު ފުރުސަތުތައް ހުޅުވި، ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމުގައި ވިދާޅުވެފައިވެއެވެ.
"މި 8 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރާއްޖެއާއި ޗައިނާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާކަމުގެ ޔަގީންކަން އަރުވަން." ރައީސްގެ މެސެޖުގައި ވެއެވެ.
ރާއްޖޭގައި އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ ސިނަމާލޭ ބުރިޖު ހުޅުވި ދުވައެވެ. އެއީ 2018 އޮގަސްޓްމަހުގެ 30 ވަނަ ދުވަހެވެ.
ފާތިމަތު ލިއުޝާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް