ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި (ވީއައިއޭ)ގައި ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ވީއައިއޭގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވައިދާ ހިލާފަށް ބޭރުފައިސާ މާރުކުރާކަމަށް އިއްޔެ ލިބުނު މައުލޫމާތާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ، ރަފީޤުލް އިސްލާމް (30އ) ކަމަށެވެ.
އޭނާއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި ވީއައިއޭގެ ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 68،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1700 އަށްވުރެ ގިނަ ޔޫއެސްޑޮރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ޔޫއެސް ޑޮލަރު
ޔޫއެސް ޑޮލަރު
ޔޫއެސް ޑޮލަރު
ޔޫއެސް ޑޮލަރު