ރައްޔިތުންގެ ދެ މެންބަރެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި، މަޖިލީހުގެ ކޮމިޓީގައި ބޭނުންކުރަމުންދިޔަ ސައުންޑް ސިސްޓަމަކަށް ގެއްލުންވި މައްސަލަ ބަލަން ނިންމައިފިއެވެ.

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" ފާސްކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާ ލައްވަމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ދެ މެންބަރެއްގެ ދެމެދުގައި ހިނގައިދިޔަ ހަމަނުޖެހުމެއްގައި ކޮމިޓީ ރޫމުގައި ބޭނުންކުރަމުންދިޔަ ސައުންޑް ސިސްޓަމްގެ ބައިތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ބެލުމަށް މަޖލީހުގެ ސުލޫކު ކޮމިޓީއަށް ފޮނުވަން ނިންމާފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެއީ ކޮން ކޮމިޓީއެއްގެ މައްސަލައެއްކަމެއް، އަދި އެއީ ކޮން މެންބަރުންނެއް ކަމެއްވެސް ނާޒިމް ވިދާޅެއްނުވެއެވެ.

މަޖިލީހުގެ މަސައްކަތްތަކުގެ ތެެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު"ގެ މަސައްކަތް ކުރިއަށްދިޔަ އިރު، އިދިކޮޅު އެމްޑީޕީ މެންބަރުންނާއި ސަރުކާރުގެ ޕީއެންސީ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ. ދޭތެރެ ދޭތެެރެއިން ހަމަނުޖެހުމަށް މަގުފަހިވެއެވެ.