ދައުރުން ބޭރުން މިއަދު ބާއްވަން ނިމި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ 4:00 ގައި ބާއްވަން ނިންމައިފިއެވެ.
ނަަމވެސް އެ ޖަލްސާގެ އެޖެންޑާ އަދި އާއްމު ކޮށްފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި ޖަލްސާގައި ކުރިއަށް ގެންދާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އިއްޔެ ފާސްކުރި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" (މީޑިއާ ބިލް) އާބެހޭ މަސައްކަތެވެ.
މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން އިއްޔެ އިއުލާން ކުރެއްްވުމާ ގުޅިގެން، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ފާސްކުރުމާ ދެކޮޅަށް މަޖިލިސް ދޮށުގައި ނޫސްވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ.
އެ އިހުތިޖާޖު ކުރިއަށްދަނިކޮށް، އިއްޔެ ކޮމިޓީން ފާސްކުރި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" އަލުން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް 2:30 ގައި ބާއްވަން ވަނީ ތާވަލް ކޮށްފައެވެ.
ނަމަވެސް އަދި އެ ބައްދަލުން ފެށިކަން އެނގިފައެއް ނުވެއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު