މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި މާފަންނު ގެއެއްގައި މީހަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައިގައި ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ކަމެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
އެ މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 7:22 ހާއިރު ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނު އެމީހާގެ ކަރަށް ވަނީ ބޮޑެތި ޒަހަމުތަކެއް ލިބިފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް