ޕާކިސްތާނުގެ އަސްކަރީ ގާފިލާއަކަށް ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެފައިވާތީ ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ހަމަލާގައި ޝަހީދުވި މީހުންގެ އާއިލާ އަށާއި، ޕާކިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށް ރާއްޖޭގެ ފަރާތުން ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުވާ ކަމަށްވެސް ބުންޏެވެ. އަދި އެ ފިނޑި ޖަރީމާގައި އަނިޔާ ލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް ވަނީ އެދިފައެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖެއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ތެދުވެ ސާބިތުކަންމަތީ ދެމިއޮންނާނެ ގައުމެއް ކަމުގައި ކަށަވަރުކޮށްދީ، ބައިނަލްއަގުވާމީ މައިދާނުގައި އެކި ފަރާތްތަކާ ގުޅިގެން ޓެރަރިޒަމްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހުއްޓުމެއްނެތި މަސައްކަތް ކުރާނެ ގައުމެއްކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
އާއިޝަތު މާހާ
ކުޅިވަރު
އިރާން
ބޮލީވުޑް
ދުނިޔެ