މިމަހުގެ ފުރަތަމަ 13 ދުވަހުގެ ތެރޭގައި ރާއްޖެއަށް 62،027 ފަތުރުވެރިން އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްސްގައިވާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 18.7 ޕަސަންޓުގެ އިތުރުވުމެކެވެ.

ތަފާސްހިސާބުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.5 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.4 މިލިޔަން ފަތުރުވެރިންނާ އަޅައިބަލާއިރު 9.7 ޕަސަންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ގައުމު:

  • ޗައިނާ: 245،553 ފަތުރުވެރިން
  • ރަޝިއާ: 186،263 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 138،869 ފަތުރުވެރިން
  • އިޓަލީވިލާތް: 108،837 ފަތުރުވެރިން
  • ޖަރުމަންވިލާތް: 106،919 ފަތުރުވެރިން
  • އިންޑިއާ: 88،171 ފަތުރުވެރިން
  • އެމެރިކާ: 44،902 ފަތުރުވެރިން
  • ފްރާންސް: 41،715 ފަތުރުވެރިން
  • ސްޕެެއިން: 36،034 ފަތުރުވެރިން
  • އޮސްޓްރޭލިއާ: 28،172 ފަތުރުވެރިން