ފިހާރައަކުން މެކްބުކެއް، ވަގަށްނެގި މީހަކު ހަތް މަހާއި ހަ ދުވަހަށް ޖަަލަށްލުމަށް ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ހުކުމްކޮށްފައިވަނީ ސ. ހިތަދޫ ބްލޫކްރެސްޓް، ހުސައިން ޝާހުގެ މައްޗަށެވެ.
އޭނާގެ މައްޗަށް ހުކުމް ކުރީ މާލެ، ފަރީދީމަގުގައި ހުންނަަ ފޯކަސް ކޮމްޕިއުޓާސް ފިހާރައަށް ވަދެ، އެ ފިހާރައިން އެޕަލް ބްރޭންޑްގެ "ގޯލްޑް" ކުލައިގެ މެކްބުކް އެއާއެއް ވަގަށް ނަގައިގެންނެވެ.
ކުށަށް އިއުތިފާވެފައިވާތީ ކުރިމިނަލް ކޯޓުން ހުކުމް ކުރީ، ވައްކަން ކުރުމުގެ ކުށުން ހުސައިން ޝާހު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މި ކުށުގެ އުގޫބާތެއްގެ ގޮތުން ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް