ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ހަދާފައިވާ ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ފަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ގަރާރު އދ. ގެ އާންމު މަޖިލިހުން ރާއްޖޭގެ ވޯޓާއެކު މިއަދު ފާސްކޮށްފިއެވެ.
އދ. އިން އެ ގަރާރު ފާސްކޮށްފައި ވަނީ ރާއްޖޭގެ ވޯޓާ ހިމެނެހޭން އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ.
އެ ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން 142 ގައުމަކުން ވަނީ ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ތާއީދާ ކޮށްފައެވެ. އެކަމާ ދެކޮޅަށް ވޯޓު ދިނީ 10 ގައުމަކުންނެވެ. 12 ގައުމަކުން ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އެ ގަރާރަކީ މި އަހަރުގެ ޖުލައި މަހުގެ 28 އިން 30 ޖުލައި އަށް ސައޫދީ އަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އދ. ގައި ބޭއްވި ހައި ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ގެ ނަތީޖާ ޑޮކިއުމަންޓެވެ.
ގަރާރު ފާސްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ގަރާރަކީ ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މުހިންމު ގަރާރެއް ކަމަށެވެ.
ރައީސް ވަނީ ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި ދެމެހެއްޓެނިވި ހައްލެއް ހޯދައިދީ ފަލަސްތީނުގައި މިނިވަން ކަމާއި އިގުތިސޯދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް ގޮވާލައްވައިފައެވެ.
މުހައްމަދު އިޝާން
ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު
ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު
ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު
ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު